މީޑިއާއިން ޝާއިޢުކުރާ ތަކެއްޗާއި ފެންނަ މަންޒަރުތަކާއި އިވޭއަޑުތަކާއި މީޑިއާއިން ލިބޭ މައުލޫމާތާ ބެހޭ ގޮތުން އުފެދޭ ޝަކުވާތައް މި ކައުންސިލަށް ހުށައެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް އަދި ކޮންމެ ފަރާތަކަށްމެ ލިބިގެންވެއެވެ.
ޝަކުވާތައް ބެލުމުގައި ކައުންސިލުން ރިއާޔަތް ކުރާނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑަށެވެ.
ޝަކުވާ ހުށަހަޅާއިރު ޝަކުވާ ސާބިތުކުރަން ބޭނުންވާ ހެއްކިތައް ލިބެންހުރި މިންވަރަކުން ފޮނުވަންވާނެއެވެ. ކައުންސިލަށް ޝަކުވާ ހުށައަޅާނީ ޝަކުވާ ހުށައަޅާ ފޯމުންނެވެ. ޝަކުވާ ހުށައަޅާ ފޯމް ކައުންސިލުގެ އިދާރާއިންނާއި އަދި ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.