އަޙްމަދު ނާޝިދު – އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)



އަލްފާޟިލް އަޙްމަދު ނާޝިދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 15 ފެބްރުއަރީ 2024 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ނާޝިދުގެ މަސްއޫލިއްޔަތުތަކަކީ ޕްރޮކިއުމަންޓް އަދި ބަޖެޓާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ބެލެހެއްޓުމެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ނާޝިދު ވަނީ އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ނާޝިދު ވަނީ ސްލެންޑަރ މާޓްގެ ކޭޝިއަރ ގޮތުގައި 6 މަސް، އަދި މޯލްޑިވްސް އެއަރޕޯޓްގައި އެއަރކްރަފްޓް އިންޓީރިއަރ ކްލީނާ ގޮތުގައި 1 އަހަރާއި 6 މަސް ދުވަހު މަސައްކަތްކޮށް ތަޖުރިބާ ހޯދާފައެވެ. 

ނާޝިދު ވަނީ 2016 ވަނަ އަހަރު ވިލާ ކޮލެޖުން 1 އަހަރުގެ އެޗް.އާރު މެނޭޖްމެންޓް ސެޓްފިކެޓް 3 ގެ ކޯހެއް ފުރިހަމަކޮށްފައެވެ. 

ފާޠިމަތު ފަހުމީ - ލީގަލް އޮފިސަރ (CS7-4)


އަލްއުސްތާޛާ ފާޠިމަތު ފަހުމީ  މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތީ 23 ފެބްރުވަރީ 2019 ގައި ލީގަލް  އޮފިސަރއެއްގެ ގޮތުގައެވެ. ފާޠިމަތުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ  ޤާނޫނީ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް  ފާޠިމަތުއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ، އެޗްއާރް އެމްޑީ ކޮމިޓީ، މުރާޖާ ކޮމިޓީ އަދި ޓްރަސްޓް ފަންޑް ހިންގާ ކޮމިޓީގެ މެންބަރެކެވެ. އޭގެ އިތުރުން ޖެންޑާ އިކުއަލިޓީ  އާ ގުޅޭ  ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 07 އޮގަސްޓު 2011 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާޠިމަތު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ފާޠިމަތު ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ  ފައިނޭންސް އޮފިސަރއެއްގެ ގޮތުގައި 6 މަސް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ ގޮތުގައި 3 އަހަރު، މޯލްޑިވްސް އިންލަންޑް  ރެވެނިއު އޮތޯރިޓީގެ ސީނިއރ އޮފިސަރެއްގެ ގޮތުގައި 1 އަހަރު،  މޯލްޑިވްސް މީޑިއާ ކައުންސިލުގެ ލީގަލް އެސިސްޓެންޓްގެ  ގޮތުގައި 2 އަހަރު މަސައްކަތްކޮށްފައެވެ.

 

ފާޠިމަތު ވަނީ 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯ (އެލް.އެލް.އެމް) އާއި،  2018ވަނަ އަހަރު ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާސިލްކުރައްވާފައެވެ.

 

ޑރ. ފާތުމަތު މުނާ – ޑިރެކްޓަރ ޖެނެރަލް (EX5)


ޑރ. ފާތުމަތު މުނާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 16 އޮގަސްޓް 2016 ވަނަ އަހަރު ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަދި އޭގެފަހުން 30 އޮކްޓޯބަރ 2017 އިން ފެށިގެން ދަނީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާ ކުރައްވަމުންނެވެ. މުނާ އަކީ 2016 ވަނަ އަހަރުން ފެށިގެން މިކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ގެ މަސްއޫލިއްޔަތު އަދާކުރައްވާ ފަރާތެވެ. އަދި މީގެ އިތުރުން މެނޭޖްމަންޓް ސަރވިސް ޑިވިސަން (އެޑްމިން، އެޗްއާރު، ފައިނޭންސް) ގެ އެންމެހާ މަސައްކަތްތައް ރާވާއި ހިންގާ ބަލަހައްޓަވަނީ މުނާއެވެ. އަދި ހަމަ އެއާއިއެކު ބިޑް ކޮމެޓިގެ މުގައްރިރުގެ އިތުރުން އެޗް. އާރު. އެމް. ޑީ ކޮމެޓީގެ ނައިބް މުގައްރިރުކަމާއި، މުރާޖާ ކޮމެޓީގެ ނާއިބް މުގައްރިރުކަން ކުރައްވަނީ ވެސް މުނާއެވެ. އަދި މުނާ އަކީ މި ކައުންސިލްގެ ޓުރަސްޓް ފަންޑު ހިންގާ ކޮމިޓީއާއި، ސްޓެރެޓެޖިކް އެކްޝަން ޕްލޭން ވިލަރެސްކުރާ ކޮމެޓީގެ ވެސް މެމްބަރެކެވެ. 1 ނޮވެމްބަރ 2005 ދިވެހި ސަރުކާރަށް ޚިދުމަތް ކުރަން ފައްޓަވާފައިވާއިރު، މިހާރު މުނާ ދަނީ 16 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތައް ޙިދުމަތްކުރައްވަމުންނެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާތުމަތު މުނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި ސެކްރެޓޭރިއޭޓް ގެ މަޤާމުން ފެށިގެން ޑިރެކްޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރަ ސްޓަރަކްޗަރ، މިނިސްޓްރީ އޮފް ހެލްތްއާއި ގއ. އަތޮޅު އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އަދާކޮށްފައިވާ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، ފައިނޭންސްއާއި ޕްރޮކިއުމަންޓްގެ އިތުރުން މެނޭޖްމަންޓްގެ މަސައްކަތް ކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ހައުންސިން ގައި މަސައްކަތް ކުރެއްވި އިރު މުނާ ވަނީ 1 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިޔާ ރިކްރިއޭޝަން ކްލަބްގެ ވައިސް ޗެއާ ކަން ވެސް ކުރައްވާފައެވެ. ދައުލަތައް ޙިދުމަތް ކުރުމުގެ އިތުރުން ފާތުމަތު މުނާ ރާއްޖޭގެ ތައުލީމީ ދާއިރާއާ ގުޅުންހުރި ތަންތަނާއި އެހެނިހެން އިންސްޓިޓިއުޓް ތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އެވިޑް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރާ ކަން 2016 ން 2018 އަށް ކޮށްފައިވާއިރު އެޗް. އާރު މޯލްޑިވްސް ގެ ބޯޑް އޮފް އެޑްވައިޒަރުކަން 2018 ން 2020 ށް ކުރައްވާފައިވެއެވެ. އަދި ފެބްރުއަރީ 2022 އިން ފެށިގެން ފާތުމަތު މުނާ ދަނީ ފައިނޭންސް އިންސްޓިޓިއުޓް ފޯ ޑިވެލޮޕްމެންޓަލް ސްޓަޑީޒް ގެ އެކަޑެމިކް އެޑްވައިޒަރީ ކައުންސިލްގެ ވައިސް ޗެއަރ ކަން ވެސް ކުރައްވަމުންނެވެ. އަދި ފާތުމަތު މުނާ އަކީ 2017 ވަނަ އަހަރުން 2021 ވަނަ އަހަރާ ހަމައަށް ދާރުލް ގުރުއާނުލް ވައްސުއްނަ އިންސްޓިޓިއުޓުން ބޮޑެތި މީނުންނަށް އަމާޒުކޮށްގެން ހިންގާ ކުރުމުއްދަތުގެ އިނގިރޭސީ ކޯސްތައް ކިވައިދެއްވާ ފައިވާ ލެކްޗަރާއެކެވެ.  

ތައުލީމީ ރޮގަށް ބަލާއިރު ފާތުމަތު މުނާ ވަނީ އޮޕެން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ބިޒްނަސް މަނޭޖްމަންޓް އެންޓް މާކެޓިންގެ އިތުރުން ޑިޕްލޮމާއިން ބިޒްނަސް އާއި ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކޯސް ވެސް ވަނީ ފުރިހަމަ ކުރައްވާފައިވެއެވެ.


ޝާދިޔާ އަޙުމަދު – ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (MS1) 


10  އޯގަސްޓު 2010 – 12 މެއި 2024 

އަލްފާޟިލާ ޝާދިޔާ އަޙުމަދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 10 އޯގަސްޓް 2010 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ޝާދިޔާގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ އެޗްއާރު އެންޑް އެޑްމިންއާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ބެލެހެއްޓުމެވެ.  އަދި 16 ޑިސެންބަރ 2021 އިން ފެށިގެން މަސައްކަތް ކުރައްވަނީ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އެއްގެ ގޮތުގައެވެ. މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ ފައިނޭންސްއާއި ގުޅުން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ޝާދިޔާ އަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖެންޑަރ އީކުއަލިޓީ ކޮމެޓީގެ މެންބަރެކެވެ. ޝާދިޔާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 14 ޖޫން 2001 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޝާދިޔާ ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޝާދިޔާ ވަނީ ފިލްމު ސެންސަރު ބޯޑުގައި ސެކްރެޓެރީ މަޤާމުގައި ގޮތުގައި 2001 އިން  2006  (5 އަހަރު) ، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސް ގެ "ސެކްރެޓެރީ ގުރޭޑް 2" ގެ މަޤާމުގައި 2006 އިން 2007 އަށް (1 އަހަރު) ، މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ "ސެކްރެޓެރީ ގުރޭޑް 2" ގެ މަޤާމުގައި 2007 އިން 2008 އަށް (1 އަހަރު) ، މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ "ސެކްރެޓެރީ ގުރޭޑް 2" އަދި ޑިޕާޓްމެންޓް އޮފް އިންފޮމޭޝަނުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ގޮތުގައި  2008 އިން 2009 އަށް (1 އަހަރު) މަސައްކަތްކޮށްފައެވެ.

ޝާދިޔާ ވަނީ މިއެންޒް އިންޓަނޭޝަނަލް ކޮލެޖްއިން، ބެޗެލަރސް އޮފް ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2021 ، އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯސް 2020، ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2019 ، އަދި އެޑްވާންސް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2018 ގައި ފުރިހަމަ ކުރައްވާފައެވެ.

ޝާދިޔާ މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ  12 މެއި 2024 ގައެވެ. 


 އަޙްމަދު އަމީން މުޙައްމަދު – ކައުންސިލް މެންބަރ


15 ޑިސެންބަރ 2022 – 24 އެޕްރީލް 2024


މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އަމީން ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި މުއައްސަސާތަކުގައި 9 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން އަމީން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ހެޑެވެ. އަދި މީގެ އިތުރުން އަމީން ވަނީ ޕްރިންސިޕަލްކަމާއި، ގައުމީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރުކަމާއި، ކައުންސިލް ސެކްރެޓަރީކަމާއި، އިންފޮމޭޝަން އޮފިސަރުކަންވެސް އަދާކުރަށްވާފައެވެ. މީގެއިތުރުން އަމީންއަކީ ރާއްޖޭގައި ކިޔަވައިދޭ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި ވެސް މަސައްކަތް ކުރައްވައި ތަޖުރިބާ ޙާޞިލު ކުރައްވާފައެވެ.

އަމީން ވަނީ ޗެކްރިޕަބްލިކްގެ މަސަރޭކް ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް ޙާޞިލުކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ އާއި އިނގިރޭސިވިލާތުގެ އެޑެކްސެލްގެ ބީޓެކް ނެޝަނަލް ޑިޕްލޮމާ ޙާޞިލުކުރައްވާފައެވެ. 

އަމީން މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ  24 އެޕްރީލް 2024 ގައެވެ. 

 

ޖައިލަމް ތައުފީގް – ކައުންސިލް މެންބަރ


29 އޭޕްރީލް 2023 – 25 ފެބުރުވަރީ 2024

ޖައިލަމް ތައުފީގަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި އާންމުން ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި 29 އޭޕްރީލް 2023 އިން 28 އޭޕްރީލް 2025 އަށް އައްޔަން ކުރައްވާފައިވާ މެމްބަރެކެވެ. ކައުންސިލް މެމްބަރެއްގެ އިތުރުން ޖައިލަމްއަކީ އެތިކްސް އެންޑް ލީގަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޖައިލަމް ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި މުއައްސަސާތަކުގައި 8 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. އަދި މިހާރު ޖައިލަމް މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ލީގަލް ޑިޕާރޓްމަންޓްގެ ހެޑްގެ ގޮތުގައެވެ. މީގެ އިތުރުން ޖައިލަމްވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ލީގަލް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރަށްވާފައެވެ.

ޖައިލަމްވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓާރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ، މާސްޓަރސް އޮފް ލޯ ވަނީ ހާސިލު ކުރައްވާފައެވެ.  އަދި ކޮލަމްބޯ ޔުނިވަރސިޓީން ޕީއެޗްޑީ އިން ފިލޯސަފިކަލް ލޯ ދަނީ ކިޔަވަމުންނެވެ.

      ޖައިލަމް  މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ  25 ފެބުރުވަރީ 2024 ގައެވެ. 




ނާއިޒް އަބްދުﷲ ޖަމާލް ކޮމްޕިއުޓަރ ޓެކްނީޝަން (MS1)


04 މާރިޗު 2018 – 12 ފެބުރުވަރީ 2024

އަލްފާޟިލް ނާއިޒް އަބްދުﷲ ޖަމާލް މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 4 މާރިޗް 2018 ގައި ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ ގޮތުގައެވެ. ނާއިޒްގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން އެންޑް ޓެކްނޮލޮޖީއާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ނާއިޒްއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރެކެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 14 ޖުލައި 2011 ގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ނާއިޒް ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގައި ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ނާއިޒް ވަނީ އެލްއިޑް އިންޝުރެންސް ކުންފުނީގެ ވެބް ޑިވަލޮޕަރެއް ގޮތުގައި 3 އަހަރު، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ސީނިއަރ އެނަލިސް ޕްރޮގްރާމާއެއްގެ ގޮތުގައި 1 އަހަރު، އަމީނިއްޔާ ސުކޫލްގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ ގޮތުގައި 4 އަހަރު، ކްލެސިފައިޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ ކޮމްޕިއުޓަރ ޕްރޮގްރާމާރގެ ގޮތުގައި 4 އަހަރު މަސައްކަތްކޮށްފައިވެއެވެ.

ނާއިޒް ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރސް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އޮނާރސް)  2018އަހަރު ހާސިލްކުރައްވާފައެވެ. އަދި އައިބީއެސް އިން ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ވެސް ހާޞިލް ކުރައްވާފައިވެއެވެ.

ނާއިޒް  މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ  12 ފެބުރުވަރީ 2024 ގައެވެ.


ޒުބައިދާ ޤާސިމް – މަސައްކަތު (SS1)


10 އޮގަސްޓު 2010 – 01 ފެބުރުވަރީ 2024

އަލްފާޟިލާ ޒުބައިދާ ޤާސިމް މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 10 އޮގަސްޓް 2010 ގައި މަސައްކަތު މަޤާމުގެ ގޮތުގައެވެ. ޒުބައިދާ ގެ މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލް ސާފްކޮށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމެވެ. ޒުބައިދާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 19 ޖޫން 1991 ގައެވެ.

 މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ޒުބައިދާ ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޒުބައިދާ ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިން ގައި މަސްކަތު މީހެއްގެ ގޮތުގައި 19 ޖޫން 1991 އިން 28 ނޮވެމްބަރ 1993 އަށް ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގެ ހައުސްކީޕަރ އެސިސްޓެންޓަކަށް 1 އޮކްޓޫބަރ 1994 އިން 17 ޖޫން 1996 އަށް، މިނިސްޓްރީ އޮފް ޖަސްޓިސް ގެ މަސައްކަތު މަޤާމުގެ ގޮތުގައި 20 ނޮވެމްބަރ 1996 އިން 14 ސެޕްޓެމްބަރ 2000 އަށް، މާލެ މުނިސިޕަލްޓީ ގައި މަސައްކަތު މަޤާމު ގައި 6 ޑިސެމްބަރ 2004 އިން 16 އެޕްރީލް 2007 އަށް އަދި މިނިސްޓްރީއޮފް އިންޕޮމޭޝަން އެންޑް އާރޓްސްގެ މަސައްކަތު މަޤާމު ގައި 17 އެޕްރީލް 2007 އިން  14 ސެޕްޓޭމްބަރ 2010 އަށް މަސައްކަތްކޮށްފައިވެއެވެ.

ޒުބައިދާ  މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 01 ފެބުރުވަރީ 2024 ގައެވެ.


އައިޝަތު ޖައިޝާ-  އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)



31 ޖަނަވަރީ 2022 – 24 ޑިސެންބަރު 2023

 

     އަލްފާޟިލާ އައިޝަތު ޖައިޝާ ވަޙީދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 02 ފެބްރުއަރީ 2022 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ޖައިޝާގެ މަސްއޫލިއްޔަތުތަކަކީ ޕްރޮކިއުމަންޓް އަދި ބަޖެޓާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ބެލެހެއްޓުމެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 2020 ގައެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޖައިޝާ ވަނީ ސަރުކާރުގެ ބައެއް މުޢައްޞަޞާތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޖައިޝާ ވަނީ ޕަބްލިކް ސަރވިސް މީޑިއާގެ އެސިސްޓަންޓް ސޭލްސް އެގްޒެކެޓިވްއެއްގެ ގޮތުގައި 1 އަހަރު، ސިވިލް ސަރވިސް ކޮމިޝަންގެ ސޮފްޓްވެއަރ ޑެވެލޮޕަރ އިންޓަރނެއްގެ ގޮތުގައި 6 މަސް، ސެންޗޫރިއަން ޕަބްލިކް ލިމިޓެޑްގެ މެނޭޖްމަންޓް ޓްރެއިނީ އެއްގޮތުގައި 1 އަހަރު މަސައްކަތްކޮށްފައެވެ. އަދި މީގެ އިތުރުންވެސް ވަނީ އެކި ކުންފުނިތަކުގައި މަސައްކަތްކޮށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދާފައެވެ.  

ޖައިޝާ ވަނީ 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން 1 އަހަރުގެ ޑިގްރީ ފައުންޑޭޝަން ކޯހެއް ފުރިހަމަކޮށްފައެވެ. 

ޖައިޝާ މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 24 ޑިސެންބަރު 2023 ގައެވެ.


ޝީޒާ ނަސީރު-  އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS4)


01 ފެބްރުއަރީ 2022 – 17 ޑިސެންބަރު 2023

އަލްފާޟިލާ ޝީޒާ ނަސީރު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 1 ފެބުރުއަރީ 2022 ގައި އެޑްމިނިސްޓުރޭޓިވް އޮފިސަރ އެއްގެ ގޮތުގައެވެ. ޝީޒާގެ މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ އެޗްއާރު އެންޑް އެޑްމިނިސްޓްރޭޝަން ޔުނިޓްގެ ކުރަންޖެހޭ ހުރިހާ މަސައްކަތެކެވެ. ޝީޒާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 06 ޖުލައި 2008 ގައެވެ.

 މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ޝީޒާ ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޝީޒާ ވަނީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް އިދާރާގެ ވަގުތީ ސީނިއާ ކްލާކް ގޮތުގައި 5 މާރިޗް 2008 އިން 9 މާރިޗް 2008 ކަށް އަދި ގެމަނަފުށީ ސިއްޚީމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގައި 06 ޖުލައި 2008 އިން 1 ފެބުރުއަރީ 2012 އަށް މަސައްކަތްކޮށްފައެވެ.

 ޝީޒާ ވަނީ މިއާންޒް އިންޓަނޭޝަނަލް ކޮލެޖު އިން ޑިޕްލޮމާ އިން ބިޒްނެސް އެޑްމިނިސްޓްރޭޝަން 16 އޮކްޓޫބަރ 2021 ގައި ހާސިލް ކުރައްވާފައެވެ.

ޝީޒާ މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 17 ޑިސެންބަރު 2023 ގައެވެ.      


 

ރަޒާން ރުޝްދީ -  އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)


23 ސެޕްޓެންބަރު 2020 – 26 ނޮވެންބަރު 2023

އަލްފާޟިލާ ރަޒާން ރުޝްދީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 23 ސެޕްޓެމްބަރ 2020 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ރަޒާންގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ މީޑިއާ ސެކްޝަންއާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ރަޒާންއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެތިކްސް އެންޑް ލީގަލް ކޮމިޓީގެ ސެކްރެޓޭރިއޭޓެވެ.  ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 23 ސެޕްޓެމްބަރ 2022 ގައެވެ.  

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ރަޒާން ވަނީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކޮށްފައެވެ. އެގޮތުން ރަޒާން ވަނީ ސްމައިލްސް ޑެންޓަލް ކެއަރގައި 2018-2020 އަށް ކްލިނިކަލް އެސިސްޓެންޓެއް ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.  

ރަޒާން ވަނީ މިއެންޒް އިންޓަނޭޝަނަލް ކޮލެޖުން އެޑްވާސްޑް ސެޓެފިކެޓް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް 2019 ވަނަ އަހަރު ހާސިލްކުރައްވާފައެވެ. އަދި ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލެޖީ 2016 ވަނަ އަހަރު ހާޞިލް ކުރައްވާފައިވެއެވެ. 

ރަޒާން މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 25 ނޮވެންބަރު 2023 ގައެވެ. 



އާމިނަތު އަޒްލިފާ - އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ (GS4)


15 ސެޕްޓެންބަރު 2010 – 23 ސެޕްޓެންބަރު 2023

އަލްފާޟިލާ އާމިނަތު އަޒްލިފާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 15 ސެޕްޓެންބަރު 2010 ގައި އެޑްމިނިސްޓްރޭޓިވް އޮފިސާރ އެއްގެ ގޮތުގައެވެ. އަދި އަޒްލިފާ ވަނީ 06 ނޮވެންބަރު 2012 ގައި އެސިސްޓަންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރގެ މަގާމަށް ބަދަލުވެފައެވެ. އަޒްލިފާގެ މަސްއޫލިއްޔަތަކީ ކައުންސިލުގެ މީޑިއާ ސެކްޝަންގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި، މީޑިއާ ރިލޭޝަންސް އެންޑިވެލޮޕްމަންޓް ކޮމެޓީގެ މަސައްކަތާއި އިނާމު ކޮމެޓީގެ މަސައްކަތް ބެލެހެއްޓުމާއި ކައުންސިލުގެ އަހަރީ ރިޕޯޓު ތައްޔާރު ކުރުމާއި ކައުންސިލުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އަދާހަމަ ކުރުމުގެ މަސައްކަތެވެ. އަޒްލިފާއަކީ މިކައުންސިލުގެ އެޗް އާރ އެމްޑީ ކޮމެޓީގެ މެންބަރެކެވެ. އަދި މީގެ އިތުރުން އަޒްލިފާ އަކީ މިކައުންސިލުގެ އިންފޮމޭޝަން އޮފިސަރގެ މަގާމުވެސް އަދާކުރައްވާ މުވައްޒަފެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 4 ޖޫން 2003 ގައެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އަޒްލިފާ ވަނީ މިނިސްޓްރީ އޮފް އިންފޮމޭޝަންގައި  2003 ން 2004 އަށް މަސައްކަތް ކުރައްވާފައެވެ. 2008 ން 2009 އަށް މިނިސްޓްރީ އޮފް ލީގަލް ރިފޯމް އިންފޮރމޭޝަން އެންޑް އާރޓްސް ގައާއި ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަންގައި މަސައްކަތް ކުރައްވާފައިވެއެވެ.


މުޙައްމަދު ޝާފިޢު – ކައުންސިލް މެންބަރު 


11 ސެޕްޓެންބަރު 2021 – 10 ސެޕްޓެންބަރު 2023

މުޙައްމަދު ޝާފިޢުއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި އާންމު ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި 2021 ސެޕްޓެމްބަރ 11 އިން 10 ސެޕްޓެމްބަރ 2023 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ. ކައުންސިލް މެންބަރެއްގެ އިތުރުން ޝާފިޢުއަކީ 6 ވަނަ ދައުރުގެ އިނާމް ކޮމެޓީގެ މުގައްރިރުކަމާއި، އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މެންބަރުކަމާއި، އަދި 7 ވަނަ ދައުރުގެ  އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މުޤައްރިރުކަމާއި އަދި ޝަކުވާ ބަލާ ކޮމިޓީގެ މެންބަރެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޝާފިޢު ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި މުއައްސަސާތަކުގައި 22 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން ޝާފިޢު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގައި މެނޭޖަރ ކޯޕަރޭޓް މެނޭޖިން މަޤާމުގައެވެ. އަދި މީގެ އިތުރުން ޝާފިޢު ވަނީ ޕްރިންސިޕަލްކަމާއި، ހެޑްމާސްޓަރުކަންވެސް އަދާކުރަށްވާފައެވެ.

ޝާފިއު ވަނީ ސްރީލަންކާ ޔުނިވަރސިޓީން ޑިޕްލޮމާ އިން ސްކޫލް މެނޭޖްމެންޓް-އެންއައިއީ ޙާޞިލުކުރައްވާފައިވެއެވެ. އަދި ވިލާ ކޮލެޖުން ބެޗްލަރ އޮފް އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން ހޯނަރ، ދިވްހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޕޯސްޓް ގްރެޖްއޭޓް ސެޓްފިކެޓް އޮފް އެޑިއުކޭޝަން އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް އެޑިއުކޭޝަން މެނޭޖްމެންޓް އެންޑް ލީޑަރަޝިޕް ޙާޞިލުކުރައްވާފައެވެ. ޝާފިއު މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 10 ސެޕްޓެމްބަރ 2023 ގައެވެ. 


މުޙައްމަދު އިޤްނާޛް ޢަލީ – ކައުންސިލް މެންބަރު

 

    1 މެއި 2021 – 30 އެޕްރީލް 2023

މުޙައްމަދު އިޤްނާޛް ޢަލީއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި 2021 މެއި 01 އިން 2023 30 އޭޕްރީލް އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ. ކައުންސިލް މެންބަރެއްގެ އިތުރުން އިޤްނާޛްއަކީ ޕަބްލިކް ރިލޭޝަން ކޮމިޓީގެ ނައިބު ރައީސްއެވެ .

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އިޤްނާޛް ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި މުއައްސަސާތަކުގައި 24 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން އިޤްނާޛް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ސަންގު ޓީވީގެ ޗީފް އެގްޒެކްޓިވް އޮފިސަރުކަމެވެ. އަދި މީގެ އިތުރުން އިޤްނާޛް ވަނީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްކަމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ އިކޮނޮމިކް ކައުންސިލްގެ މެންބަރުމާއި، ޓިވެޓް އޮތޯރިޓީގެ އެމްޕްލޯއިމަންޓް ކައުންސިލްގެ ނައިބު މުގައްރިރުކަންވެސް އަދާކޮށްފައިވެއެވެ .

އިޤްނާޛް ވަނީ އިގެރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްއިން މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް ޙާޞިލުކުރައްވާފައިވެއެވެ.

 އިޤްނާޛް މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 30 އޭޕްރީލް 2023 ގައެވެ. 


އަރުމާން ރަޝީދު – ކައުންސިލް މެންބަރު 

 

           18 ޖެނުއަރީ 2023 - 12 މާރިޗް 2023

އަލްއުސްތާޛާ އަރުމާން ރަޝީދުއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި އާންމުން ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި 2022 ޑިސެމްބަރ 15 އިން 2024 ޑިސެމްބަރ 14 އަށް އައްޔަންކުރައްވާފައިވާ މެންބަރެކެވެ. ކައުންސިލް މެންބަރެއްގެ އިތުރުން އަރުމާންއަކީ އެތިކްސް އެންޑް ލީގަލް ކޮމެޓީ އާއި ޕަބްލިކް ރިލޭޝަންސް ކޮމެޓީގެ މެމްބަރުކަން އަދި ޝަކުވާ ބަލާ ކޮމެޓީގެ ނައިބު މުޤައްރިރެވެ .

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އަރުމާން ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި މުއައްސަސާތަކުގައި 5 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން އަރުމާން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އަހުމަދު އަލީ ލޯފަމްގެ ވަކީލެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން އަރުމާން ވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޯޑު ސެކްރެޓަރީކަމާއި، މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ގައި އިންޓަރންކަމާއި، އަދި ޣަނީ އެންޑް ކޯ އެލް.އެލް.ޕީގެ ޤާނޫނީ ވަކީލުކަންވެސް އަދާކުރަށްވާފައެވެ. މީގެއިތުރުން އަރުމާންއަކީ ރާއްޖޭގައި ކިޔަވައިދޭ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި ވެސް މަސައްކަތް ކުރައްވައި ތަޖުރިބާ ޙާޞިލު ކުރައްވާފައެވެ.  

އަރުމާން ވަނީ ނޭޕާލްގެ ޓްރިބުވަން ޔުނިވަރސިޓީގައި ވަނީ މާސްޓަރސް އޮފް އާރޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ޑިޕްލޮމަސީ ޙާޞިލުކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ޙާޞިލުކުރައްވާފައެވެ.

އަރުމާން މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 01 މާް 2023 ގައެވެ.

ޝަޒުނީ ޢަލީ-  އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3) ވޭޖް


 ޖެނުއަރީ 2023 - 12 މާރިޗް 202318

އަލްފާޟިލާ ޝަޒްނީ އަލީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 18 ޖެނުއަރީ 2023 ގައި ވޭޖް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ޝަޒްނީގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ މީޑިއާ ސެކްޝަންގެ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ.  އަދި މީގެ އިތުރަށް ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 18 ޖެނުއަރީ 2023 ގައެވެ.

ޝަޒްނީ ވަނީ އޭލެވަލް 2019 ވަނަ އަހަރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްއިން ނިންމާފައެވެ.  

ޝަޒްނީ މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 12 މާރިޗް 2023 ގައެވެ.



ނުސްރަތު ޙުސައިން  - ލީގަލް އޮފިސަރ (CS9-2ވޭޖް


24 އޮގަސްޓް 2022  - 24 ޖެނުއަރީ 2023

އަލްފާޟިލާ ނުސްރަތު ޙުސައިން  މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތީ 24 އޮގަސްޓް 2022 ގައި ލީގަލް  އޮފިސަރއެއްގެ ގޮތުގައެވެ. ނުސްރަތުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ  ޤާނޫނީ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް  ނުސްރަތުއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ، އެޗްއާރް އެމްޑީ ކޮމިޓީ، މުރާޖާ ކޮމިޓީ އަދި ޓްރަސްޓް ފަންޑް ހިންގާ ކޮމިޓީގެ މެންބަރެކެވެ. އޭގެ އިތުރުން ޖެންޑާ އިކުއަލިޓީ  އާ ގުޅޭ  ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 07 ޖެނުއަރީ 2014 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ނުސްރަތު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ނުސްރަތު ވަނީ ހދ.ކުމުންދޫ ސްކޫލްގެ ރިލީފް ޓީޗަރެއްގެ ގޮތުގައި 3މަސް، ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓުގައި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި 9 މަސް މަސައްކަތްކޮށްފައިވެއެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކުގައި ވަނީ މަސައްކަތްކޮށްފައިވެއެވެ.

ނުސްރަތު ވަނީ 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ (ACSL) އާއި، 2016 ވަނަ އަހަރު ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ (DCSL) އަދި 2019 ވަނަ އަހަރު ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާސިލްކުރައްވާފައެވެ.

 ނުސްރަތު މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ  24 ޖެނުއަރީ 2023 ގައެވެ.


ފާތިމަތު ގުރޭޝާ – މަސައްކަތު (SS1)


23 އޮގަސްޓް 2015  - 11 ޑިސެންބަރު 2022

އަލްފާޟިލާ ފާތިމަތު ގުރޭޝާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 23 އޮގަސްޓް 2015 ގައި މަސައްކަތު މީހެއްގެ ގޮތުގައެވެ. ފާތިމަތު ގުރޭޝާ ގެ މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލް ސާފްކޮށް ކުރަންޖެހޭ ހުރިހާ މަސައްކަތެކެވެ. ފާތިމަތު ގުރޭޝާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 22 އޮގަސްޓް 2007 ގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާތިމަތު ގުރޭޝާ ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ފާތިމަތު ގުރޭޝާ ވަނީ އދ. މާމިގިލީގެ ސިއްޚީމަރުކަޒުގެ ތަރުޖަމާނަކަށް  22  އޮގަސްޓް 2007 އިން 30 އޮކްޓޯބަރ 2014 އަށް މަސައްކަތްކޮށްފައެވެ.

ފާތިމަތު ގުރޭޝާ ވަނީ 16 ނޮވެމްބަރ 2006 ގައި އދ. އަތޮޅު މަދަރުސާއިން އޯލެވެލް ނިންމާފައެވެ.   

ގުރޭޝާ  މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 11 ޑިސެންބަރު 2022 ގައެވެ.




ޤުފުތަޤު އަޖީރު – މީޑިއާ އޮފިސަރ (MS1)


03 އޮގަސްޓް 2021  - 15 ޖޫން 2022

އަލްފާޟިލް ޤުފުތަޤު އަޖީރު މޯލްޑިވްސް މީޑިއާ ކައުންސިލް އާ ގުޅިވަޑައިގަތީ 3 އޮގަސްޓް 2021 ވަނަ އަހަރު މީޑިއާ އޮފިސަރއެއްގެ ގޮތުގައެވެ. ޤުފްތަޤު ގެ މަސްއޫލިއްޔަތު ތެރޭގައި އިވެންޓުތަކުގެ ފޮޓޯނެގުމާ، މީޑިއާތަކަށް ބޭނުންވާ ޕްރެސް ރިލީޒް ނެރުމާ، ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި، ކައުންސިލަށް ބޭނުންވާ ތަފާތު ޕޯސްޓަރު، ވީޑިއޯ އަދި އޯޑިއޯ ތައްޔާރުކުރުން ހިމެނެއެވެ. ދިވެހި ސަރުކާރަށް އެންމެ ފުރަތަމަ ހިދުމަތް ކުރައްވަން ފެއްޓެވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައި ގަތުމުގެ ކުރިން ޤުފްތަގު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އާފަތިސް ނޫހުގައެވެ. 2007 ވަނަ އަހަރު މަދަރުސަތުލް އަމީޜު އަހުމަދުގައި ކިޔަވުން ކުރިއަށް ގެންދަމުން، އާފަތިސް ނޫހާއި ގުޅިވަޑައިގަތީ ޖާނަލިސްޓު ޓްރެއިނީއެއްގެ ގޮތުގައެވެ. އާފަތިސް ނޫސް 2011 ވަނަ އަހަރު ހުއްޓާލުމުން ދެން ޤުޅިވަޑައިގަތީ ދި އެފްއެމް އަށެވެ. އެ ރޭޑިއޯގައި ޖާނަލިސްޓު/ޕްރެޒެންޓަރެއްގެ މަގާމު ދެ އަހަރު ދުވަހު އަދާކުރެއްވިއެވެ. 2012 ވަނަ އަހަރު ރާއްޖެ ޓީވީއަށް އައުޓްސޯސް ކޮށް ބައެއް ޓީވީ ޕްރޮގްރާމްތައް އުފެއްދެވިއެވެ. އަދި އެމްވީ ޓައިމް އަށް ލިއުމުގެ މަސައްކަތް ފެއްޓެވީ ވެސް އެ އަހަރު އެވެ. އަދި ޓެލަވިޒަން މޯލްޑިވްސްއާއި 2014 ވަނަ އަހަރު ގުޅިވަޑައިގެން އެތަނުގައި ޕްރޮޑިއުސަރެއްގެ މަގާމު 2017 ވަނަ އަހަރާއި ހަމައަށް އަދާކުރެއްވިއެވެ.  ޓެލަވިޒަން މޯލްޑިވްސް ގައި މަސައްކަތް ކުރައްވަމުން ޕަބްލިސް ސާވިސް މީޑިއާއިން ނެރުނު މާލްދީބް ޕްރިންޓް މެގަޒިން އަށް ކޮލަމެއް ލިއުއްވިއެވެ. 2017 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި މީޑިއާ އޮފިސަރެއްގެ މަގާމު އަދާކުރެއްވިއެވެ. އަދި އެންމެ ފަހުން މީޑިއާ ކައުންސިލާއި ގުޅި ވަޑައިގަތުމާއި ހަމައަށް ސީއެންއެމް އޮންލައިން އަދި ސީއެންއެމް ޓީވީ ގައި މަސައްކަތް ކުރެއްވީ ޑެޕިއުޓީ އެޑްވަޓޯރިއަލް އެގްޒެކްޓިވް އެއްގެ މަގާމުގައެވެ.

ޤުފުތަޤު ވަނީ ސިރީލަންކާ ކޮލެޖް އޮފް ޖާނަލިޒަމް އިން ޑިޕްލޮމާ އިން ޕްރިންޓް މީޑިއާ 2009 ހާސިލްކުރައްވާފައެވެ.

ޤުފުތަޤު މީޑިއާ ކައުންސިލުން ވަކިވެވަޑައިގަތީ 15 ޖޫން 2022 ގައެވެ.